މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކޮށްފި

މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކޮށްފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހިނގަމުން ދާ ދައުރުގައި ތިއްބެވި މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ މަޤާމު ހުސްވެފައި ވާތީ, އެ މަޤާމުތަކަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 78 ފަރާތަކުން https://gazette.gov.mv/iulaan/341343 ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލެވެނީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓް މީޑިއާ ތަކަށެވެ.

މީޑިއާތަކުން 8 އަދި އަމިއްލަ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުން ހިމެނޭ މީޑިއާ ކައުންސިލުގެ މި ބައި-އިލެކްޝަންގައި އިންތިޚާބު ކުރަން ޖެހެނީ މީޑިއާ ތަމްސީލު ކުރާ 2 މެންބަރަކާއި އަމިއްލަ 1 މެންބަރެކެވެ.

އިންތިޚާބުގެ ތާރީޚް އިޢުލާން ކުރުމަށް މިނިސްޓްރީން ތައްޔާރު ވަމުން ދާ އިރު މި ބައި-އިލެކްޝަންގައި ވާދަ ކުރުމަށް ޖުމްލަ 8 ފަރާތަކުން ކުރިމަތިލައިފައި ވެ އެވެ. އޭގެ ތެރޭގައި މީޑިއާ ތަމްޞީލު ކުރާ 4 ފަރާތަކާއި އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި 4 ފަރާތެއް ހިމެނެ އެވެ.