"ޔޫތު ވެލްނެސް ލައުންޖް"ގެ ހިދުމަތް ފަށައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން "ޔޫތު ވެލްނެސް ލައުންޖް" ގެ ނަމުގައި އާ ހިދުމަތެއް ފަށައިފިއެވެ.
މި ހިދުމަތް ކޮންމެ އާދިއްތަ ދުވަހަކު ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުން ލިބިގެންދާނެއެވެ.
މި ޚިދުމަތުގެ ދަށުން ވަކިވަކި ފަރުދުންނަށް ސިއްހީ ސްކްރީނިން އާއި، އަމިއްލަ ކޮންސަލްޓޭޝަން އަދި ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ހިމެނެއެވެ.
ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ހިދުމަތް ދޭ ގަޑިތަކުގައި ސޯޝަލް ސެންޓަރަށް ޒިޔާރަތްކޮށްގެން ހިދުމަތް ލިބިގަނެވޭނެއެވެ.
މިއީ ޒުވާނުންގެ ހެލްތު ކެފޭގެ އާ ބްރޭންޑިން އެކެވެ. މިހާރު މިތަން ވަނީ އިތުރަށް ޒަމާނީ ކުރެވި، އަދި ކުރިއަށްވުރެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.