ޕްރޮކިއުމެންޓް އޮފިސަރ

މަޤާމް:

ޕްރޮކިއުމެންޓް އޮފިސަރ 

މަޤާމުގެނަންބަރު:

J-401611

ބޭނުންވާއަދަދު:

01 (އެކެއް)

މަޤާމުގެގިންތި:

ދާއިމީ

މަޤާމުގެރޭންކް:

އެމް.އެސް. 1 

މަޤާމުގެކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާއަދާކުރަންޖެހޭތަން:

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ޑިޕާޓްމަންޓް/ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމެންޓް ، ޕްރޮކިއުމެންޓް ސެކްޝަން

މުސާރަ:

މަހަކު 5,610.00 ރުފިޔާ

ސަރވިސްއެލެވަންސް:

މަހަކު 2,000.00 ރުފިޔާ

ސަޕޯޓިންގކޯއެލަވަންސް2:

މަހަކު 700.00 ރުފިޔާ

އެހެނިހެންއެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލަވަންސް ގޮތުގައި މުސާރައިގެ %35

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  • މިނިސްޓްރީއާއި މިނިސްޓްރީ ދަށުން ހިންގާ އިދާރާތަކަށް ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި، ޚިދުމަތްތައް ހޯދުމަށް އިޢުލާން ތައްޔާރުކޮށް ގެޒެޓް ކުރުމާއި، އިޢުލާނާ ގުޅިގެން އަންނަ ސުވާލުތަކަށް ޖަވާބު ދިނުމާއި، އިޢުލާނާ ގުޅޭ ޗެކްލިސްޓް ފުރިހަމަކޮށް ބިޑްތައް ބަލައިގަތުން

  • ބިޑް އިވެލިއުޝަން ކޮމެޓީ ބޭއްވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި ބިޑު އިވެލުއޭޝަން ރިޕޯޓް އެންމެ ލަސްވެގެން 2 ދުވަސް ތެރޭގައި ތައްޔާރުކޮށް މެމްބަރުންގެ ސޮއިހޯދުން

  • ބިޑް ކޮމެޓީ ބޭއްވުމަށް ކުރަންޖެހޭ އިދާރީ ކަންކަން  ހަމަޖައްސައި ބިޑް ކޮމިޓީ ބޭއްވުމާއި، ބިޑް ކޮމެޓީގެ ޔައުމިއްޔާ ބިޑް ނިންމާތާ އެންމެ ލަސްވެގެން 3 ދުވަސް ތެރޭގައި ލިޔެ މެމްބަރުން ލައްވައި ސޮއިކުރުވުމަށްފަހު ބިޑް ޑޮކިއުމެންޓްތައް ފުރިހަމަކޮށް، ބިޑް ތަކުގެ މަޢުލޫމާތު ބަނޑޭރި ޕޯޓަލް އަށް އެޅުން

  • ބިޑް ކޮމިޓީ ބޭއްވުމަށްފަހު އަންދާސީ ހިސާބު ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަށް ބިޑް އިވެލުއޭޝަން ސަމަރީ ޝީޓް ފޮނުވައި ޝަކުވާއަށް މުއްދަތެއް ދިނުމަށްފަހު، ލިބޭ ޝަކުވާތަކަށް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ޖަވާބުދިނުން އަދި ޝަކުވާއެއް ލިބިފައި ނުވާނަމަ، ފޯމު ސެޓް ތައްޔާރުކޮށް ބަނޑޭރި ހުއްދައަށް ފޮނުވުން އަދި މިނިސްޓްރީ އޮފް ފިނޭންސުން ހުއްދަ ލިބުމުން ބިޑް އެވޯޑް ކޮށްފައިވާ ފަރާތަށް އެވޯޑް ލެޓަރ ފޮނުވުން

  • ބިޑް އެވޯޑް ކުރި ފަރާތަށް އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ރަސްމީ ދެ ދުވަސް ތެރޭގައި އެގްރިމަންޓް ތައްޔާރުކޮށް ކޮމެންޓަށް ފޮނުވުމަށް ފަހު، ރަގަޅުކުރަންޖެހޭ ކަމެއް ވާނަމަ ލީގަލް ސެކްޝަންގެ ލަފާގެ މަތިން އިސްލާހުކޮށް ސޮއި ހޯދުން

  • އެކިއެކި ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި ވޯކް ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތްތައް  ނިންމާ ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް ބިލްތައް ހުށަހަޅަމުންދޭތޯ ބަލައި ޗެކްކުރުން އަދި ލަސްވާނަމަ އެކަން އެފަރާތްތަކަށް އެންގުން

  • އެގްރީމެންޓްކޮށްގެން ކުރިއަށްގެންދަންޖެހޭ ޚިދުމަތާއި މަސައްކަތްތަކުގެ އެގްރިމަންޓް ހެދުމާއި އެގްރިމަންޓާއި އެއްގޮތަށް ޚިދުމަތާއި މަސައްކަތް ނިންމިކަން ޔަގީންކުރުމަށްފަހު ބިލަށް ފައިސާ ދެއްކުމަށް ބަޖެޓް ސެކްޝަނަށް ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން

  • ޕްރޮކިއުމެންޓް ހަވާލުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ކޮންމެ މަހަކު 10 ވަނަ ދުވަހުގެ ކުރިން ސަރުކާރު ގެޒެޓްގައި ޝާއިރުކުރުން

  • މުދަލާއި ޚިދުމަތް ހޯދުމަށް އަންނަ ރިކުއެސްޓްތަކާއި ގުޅިގެން، ތައްޔާރުކުރެވޭ ޕީއޯ އާއި އެއްގޮތަށް މުދަލާއި ޚިދުމަތް ބަލައިގަނެ، ރިކުއެސްޓްކުރި ސެކްޝަނަށް މުދާ ލިބުނުކަން ކަށަވަރުކުރުން

  • ޕްރޮކިއުމެންޓް ސެކްޝަންގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތައް ދުވަހުން ދުވަހަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

  • މިނިސްޓްރީގެ ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކުރުމުގައި ސެކްޝަންގެ ވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުން

  • ސެކްޝަނުގެ ދުވަހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު އަދާހަމަކުރުން

  • އެގްރީމެންޓް ރަޖިސްޓްރީ، ޕީ.އޯ ރަޖިސްޓްރީ، އެސެޓް ރަޖިސްޓްރީއަށް އަޅަންޖެހޭ މައުލޫމާތުތައް އަޅާ އަދާހަމަކުރުން

  • ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލްތަކަށް ފައިސާދެއްކުމުގެ ކުރިން ޑޮކިއުމަންޓްތައް ހަމަކޮށް، އެންޓްރީކުރުވުމާއި، ބަޖެޓް ސެކްޝަނަށް ބިލްތައް ޙަވާލުކުރާމާއި، ބިލްތަކާ ގުޅޭ އެންމެހާ ލިޔުންތައް ގަވާއިދުން ކަމާގުޅޭ ފޯލްޑަރތަކުގައި ސޭވްކޮށް ރެކޯޑް ބެލެހެއްޓުން

  • ސެކްޝަނަށް އަންނަ ސިޓީ، މެމޯ، ނޯޓް އީމެއިލްތަކަށް ސެކްޝަންގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން ޖަވާބު ފޮނުވުމާއި ލިޔުންތަކުގެ ރެކޯޑް ބެލެހެއްޓުން

  • ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރެވޭ ޕީއޯ އަދި އެސެޓް ތަކުގެ ފޯމު ސެޕް ސިސްޓަމަށް އެޓޭޗްކޮށް އަޕްލޯޑް ކުރުމާއި ޖެމްސް އިން ނަންބަރު ނަގާ ސިޓީ، މެމޯ، ނޯޓް، ފޯމް ފަދަ ލިޔުންތައް ޖެމްސްގައި އެޓޭޗްކުރުން

  • ޕީ.އޯ ރަޖިސްޓްރީ އާއި އިޢުލާން ރަޖިސްޓްރީ އަދި ބިޑާއި ގުޅޭ ކަންކަމަށް ވަކި ރަޖިސްޓްރީއެއް ތައްޔާރުކުރުމަށްފަހު ބިޑް ސެކިއުރިޓީ، ޕާރމޯމަންސް ސެކިއުރިޓީ، ރިޓެންޝަން ފައިސާގެ މައުލޫމާތު ހިމެނޭހެން މައުލޫމާތުތައް އަޅާ އަދާހަމަކުރުން

  • މިނިސްޓްރީގެ އަހަރީ ރިޕޯޓަށް ބެނުންވާ ޕްރޮކިއުމެންޓް ސެކްޝަނުގެ މައުލޫމާތު އެޑްމިން ސެކްޝަނަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން

  • ކޮންމެ ކުއާޓާރ އެއްގައި ބަޖެޓް ސެކްޝަނަށް ޙަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް، ފައިނޭންސް ސެކްޝަންނަށް ފޮނުވޭ ބިލްތަކާއި ނުފޮނުވޭ ބިލްތައް ފާހަގަކޮށް ނުފޮނުވުނު ސަބަބު ބަޔާންކޮށް ސެކްޝަންގެ ވެރިޔާ އަށް ފޮނުވުން

  • މިނިސްޓްރީގެ މަސައްކަތާއި ގުޅިގެން އެކުލަވާލެވިފައިވާ ކޮމިޓީތަކާއި ސަބް ކޮމިޓީތަކަށް ހަވާލުކުރެވޭ އެންމެހާ މަސައްކަތަތްތައް ކުރުން

  • މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން، އެކިއެކި ފަރާތްތަކާއި އެކު ބާއްވާ ބައްދަލުވުންތަކުގައި މިނިސްޓްރީން ނަން ހުށަހަޅައިފި ހިނދެއްގައި ނުވަތަ މިނިސްޓްރީން އެދިއްޖެ ހިނދެއްގައި ބައިވެރިވެ މިނިސްޓްރީ ތަމްސީލްކުރުން

  • ޕްރޮކިއުމެންޓްގެ މަސައްކަތަކާއި ގުޅިގެން ސަރުކާރުގެ އިދާރާއަކަށް ޙިއްސާ ކުރަންޖެހޭ މަޢުލޫމާތުތައް ގާނޫނާއި ގަވާއިދާއި އެއްގޮތަށް ފޯރުކޮށްދިނުމާއި އޮންނަ އުސޫލުތަކުގެ ތެރެއިން ޙިއްސާކުރަންޖެހޭ ލިޔުންތައް ފޯރުކޮށް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުން

  • މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި ސެކްޝަނާ ޙަވާލުވެ ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން އަންގާ މަސައްކަތްތައް ކުރުން

  • ޕްރޮކިއުމަންޓް މަސައްކަތްތައް ކުރިއަށްދަނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން

  • މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން

މަޤާމުގެޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޟިލްކޮށްފައިވުން

 މަޤާމުގެމަސައްކަތުގެދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން

  • މެނޭޖްމަންޓް

 މަޤާމުގެތައުލީމީރޮނގުތައް:

  • އެކައުންޓިންގ

  • އެޑްމިނިސްޓްރޭޝަން

  • ބިޒިނަސް އެޑްމިނިސްޓްރޭޝަން

  • ބިޒިނަސް މެނޭޖްމަންޓް

  • ފައިނޭންސް

  • މެނޭޖްމަންޓް

  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 ކޯޑިސިޕްލިންގ:

  • ކޯ ޑިސިޕްލިންގ ކަނޑައަޅުއްވާފައި ނުވޭ

 ޕްރިފަރޑްޑިސިޕްލިންގ:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން

  • ބިޒްނަސް މެނޭޖްމަންޓް

  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ނޯޓް: ޕްރިފަރޑް ޑިސިޕްލިންގ އާ ގުޅޭ ސެޓްފިކެޓެއް، ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލިންގ އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ހުށަހަޅަންޖެހޭލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/Announcement/ViewDownloads/4

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

ނޯޓް:މޯލްޑިވްސްނެޝަނަލްޔުނިވަރސިޓީއަދިއިސްލާމިކްޔުނިވަރސިޓީއޮފްމޯލްޑިވްސްފިޔަވައި،ދިވެހިރާއްޖޭގެމަތީތައުލީމުދޭމަރުކަޒުތަކުންދޫކުރާކޯސްފުރިހަމަކުރިކަމުގެލިޔުން(ކޯސްކޮމްޕްލީޝަންލެޓަރ)ބަލައިގަނެވޭނީ،ލިޔުމުގައިމޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީން"ބެޗްވެލިޑޭޓް"ކޮށްދަރިވަރުންނަށްސަނަދުދިނުމުގެހުއްދައެމަރުކަޒަކަށްދީފައިވާހުއްދަނަންބަރުހިމަނާފައިވާނަމައެވެ

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ އަންގައިދޭ ރެފަރެންސް ޗެކް ފޯމު."

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ

  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

  • މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

  • މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01އޯގަސްޓް2024ވާބުރާސްފަތިދުވަހު14:00 ގެ ކުރިން އީމެއިލް recruitment@youth.gov.mv މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:އެޕްލިކޭޝަންފޯމާއެކުހުރިހާޑޮކިއުމަންޓެއްއެއްފައިލަކަށްޕީ.ޑީ.އެފްކުރުމަށްފަހު ، ފައިލުގައިއެޕްލިކޭޝަންހުށައަޅާފަރާތުގެނަމާއިއިއުލާންނަންބަރުޖެހުމަށްދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިމްތިހާންއަދިއިންޓަވިއުއޮންނާނެތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 07އޯގަސްޓް2024އާއި29އޯގަސްޓް 2024 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށް  ޕޮއިންޓްލިބުނުގޮތުގެޝީޓް(A2ފޯމު)"އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ނުވަތަ އީ-މެއިލް recruitment@youth.gov.mv މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

ނޯޓް

ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރުމަޢުލޫމާތުހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރާނީ recruitment@youth.gov.mvއަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު"  https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް