ޕްރޮގްރާމް އޮފިސަރ
މަޤާމް:
ޕްރޮގްރާމް އޮފިސަރ
މަޤާމުގެނަންބަރު:
J-393577
ބޭނުންވާއަދަދު:
01 (އެކެއް)
މަޤާމުގެގިންތި:
ދާއިމީ
މަޤާމުގެރޭންކް:
އެމް. އެސް. 1
މަޤާމުގެކްލެސިފިކޭޝަން:
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ވަޒީފާއަދާކުރަންޖެހޭތަން:
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ޑިޕާޓްމަންޓް/ސެކްޝަން:
ޔޫތު އެމްޕަވަރމެންޓް ސެކްޝަން
މުސާރަ:
މަހަކު 5,610.00 ރުފިޔާ
ސަރވިސްއެލެވަންސް:
މަހަކު 2,000.00 ރުފިޔާ
ސަޕޯޓިންގކޯއެލަވަންސް2:
މަހަކު 700.00ރުފިޔާ
އެހެނިހެންއެލަވަންސް
1.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
3. ސްޕެޝަލް ޑިއުޓީ އެލަވަންސް ގޮތުގައި މުސާރައިގެ %35
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:
ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ބައިނަލް އަޤްވާމީ ފެންވަރުގައި ޒުވާނުންނަށް އަމާޒުކޮށްގެން ޕްރޮގްރާމް ރާވާ ހިންގުން
ބޭރުގެ ޤައުމުތަކާއިއެކު ޒުވާނުން ބިނާކުރުމަށާއި ޒުވާނުން ބާރުވެރިކުރުމަށް ހެދޭ އެމް.އޯ.ޔޫ ތަކުގެ ދަށުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާ ހުރިހާ ޕްރޮގްރާމެއް ޕްލޭންކުރުމުގައި އިސްދައުރެއް އަދާކޮށް އަދި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
ކޮމަންވެލްތް ޔޫތު ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
ބައިނަލްއަޤްވާމީ ދާއިރާތަކުން ދިވެހި ޒުވާނުންގެ ކުރިއެރުމަށް ހިންގޭ ޕްރޮގްރާމްތަކާއިގުޅޭ މަޢުލޫމާތުތައް އެއްކޮށް އެފަދަ ޕްރޮގްރާމްތައް ހިންގޭނޭ ވަޞީލަތްތައް ޤާއިމްކުރެވޭނޭ މަގުތައް ތަނަވަސްކުރުމުގައި ސްޕަވައިޒަރުގެ އިރުޝާދާއެކު ޕްރޮގްރާމްތައް ހިންގޭނޭ ގޮތްތައް ހޯދުން
ޔޫ.އެން އޭޖެންސީތަކާއި މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވެވޭ އެކްޝަން ޕްލޭންގެ ދަށުން ކުރަން ނިންމޭ ކަންތައްތައް ސްޕަވައިޒަރުގެ މަޝްވަރާފެ މަތިން ކުރުން
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން ކުރުން
ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ޒުވާނުންގެ ހޮޅުއަށި މަދުވެގެން ކޮންމެ މަހަކު 2 ފަހަރު ބޭއްވުން
ޔޫތު ޑިޕާޓްމަންޓްގެ މަންތްލީ ރިޕޯޓް އަދި އަހަރީ ރިޕޯޓް ނިންމުން، ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ފާއިތުވެ ދިޔަމަހުގެ މަންތްލީ ރިޕޯޓް ނިންމާ ސްޕަވައިޒަރ އެޕްރޫވަލް އަށްފަހު ހިއްސާކުރަންޖެހޭ ޑިޕާޓްމަންޓްތަކާ ހިއްސާކުރުން
ކޮންމެމަހަކު ސެޕް އަޕްޑޭޓްކޮށް ކުރެވޭ ކަންތައް އަދި ނުކުރެވޭ ކަންތައްތައް ފާހަގަކޮށް ސްޕަވައިޒަރާއި މަޝްވަރާކޮށް ސްޕަވައިޒަރގެ މަޝްވަރާގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުން
ޒުވާނުންނާއި ގުޅޭގޮތުން ހެދިފައިވާ ރިސާޗްތަކުން މަޢުލޫމާތު އެއްކުރުމާއި ރިސާޗްތަކުން ފެންނަން ހުންނަ ކަންބޮޑުވުންތަކަށް އެޑްރެސްކުރާނެ ޕްރޮގްރާމްތައް ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން ރާވާ ހިންގުން
ޔޫތު ޕޮލިސީއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތެއް ސްޕަވައިޒަރުގެ މަޝްވަރާގެ މަތިންކުރުން. މިގޮތުން ޕޮލިސީއާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރުމަށް މަދުވެގެން މަހަކު އެއްފަހަރު ބައްދަލުވުމެއް ބޭއްވުން
ޑިޕާޓްމަންޓްގެ ފަރާތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމްތައް ޕްލޭންކުރުމުގައި ބައިވެރިވެ ކާމިޔާބުކަމާއިއެކު ހިންގުމަށް ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ޢަމާލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން
މިނިސްޓްރީން ބާއްވާ އިވެންޓްތަކުގައި ބައިވެރިވުން
މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން
މަޤާމުގެޝަރުޠުތައް:
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ /އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ޔޫތު ވަރކް
މަޤާމުގެ ތައުލީމީ ރޮނގުތައް:
ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
އިވެންޓް މެނޭޖްމަންޓް
އިންޓަރނޭޝަނަލް ރިލޭޝަންސް
ޔޫތު ވަރކް
ކޯ ޑިސިޕްލިންގ:
ޔޫތު ވަރކް
ޕްރިފަރޑް ޑިސިޕްލިންގ:
މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިންގ ކަނޑައެޅިފައިނުވެއެވެ.
ނޯޓް: ކޯ ޑިސިޕްލިންގ އާ ގުޅޭ ސެޓްފިކެޓެއް، ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންގ އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.
ހުށަހަޅަންޖެހޭލިޔުންތައް:
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
https://www.csc.gov.mv/Announcement/ViewDownloads/4
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
ނޯޓް:މޯލްޑިވްސްނެޝަނަލްޔުނިވަރސިޓީއަދިއިސްލާމިކްޔުނިވަރސިޓީއޮފްމޯލްޑިވްސްފިޔަވައި،ދިވެހިރާއްޖޭގެމަތީތައުލީމުދޭމަރުކަޒުތަކުންދޫކުރާކޯސްފުރިހަމަކުރިކަމުގެލިޔުން(ކޯސްކޮމްޕްލީޝަންލެޓަރ)ބަލައިގަނެވޭނީ،ލިޔުމުގައިމޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީން"ބެޗްވެލިޑޭޓް"ކޮށްދަރިވަރުންނަށްސަނަދުދިނުމުގެހުއްދައެމަރުކަޒަކަށްދީފައިވާހުއްދަނަންބަރުހިމަނާފައިވާނަމައެވެ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ އަންގައިދޭ ރެފަރެންސް ޗެކް ފޯމު."
ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް
ތަޢުލީމާއި މަސައްކަތު ތަޖުރިބާ
ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށްއެދެންވީގޮތާއިސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18ޖުލައި2024ވާބުރާސްފަތިދުވަހު14:00 ގެ ކުރިން އީމެއިލް recruitment@youth.gov.mv މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް:އެޕްލިކޭޝަންފޯމާއެކުހުރިހާޑޮކިއުމަންޓެއްއެއްފައިލްއަކަށްޕީ.ޑީ.އެފްކުރުމަށްފަހު، ފައިލުގައިއެޕްލިކޭޝަންހުށައަޅާފަރާތުގެނަމާއިއިއުލާންނަންބަރުޖެހުމަށްދަންނަވަމެވެ.
ޝޯޓްލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިމްތިހާން،ޕްރެޒެންޓޭޝަންއަދިއިންޓަވިއުއޮންނާނެތަނާއި،މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 21ޖުލައި2024އިންފެށިގެން31ޖުލައި2024 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެޝީޓް(A2ފޯމު)"އާންމުކުރުން.
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ނުވަތަ އީ-މެއިލް recruitment@youth.gov.mv މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
އިތުރުމަޢުލޫމާތުހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000490 އަށެވެ. އީ-މެއިލް ކުރާނީ recruitment@youth.gov.mvއަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu އިން ލިބެންހުންނާނެއެވެ.
ގުޅުންހުރި ފައިލްތައް
ޑައުނލޯޑު ފައިލް އެއް ނެތް