ކޮންސަލްޓެންޓް

މަޤާމް:

ކޮންސަލްޓެންޓް

ބޭނުންވާއަދަދު:

01 (އެކެއް)

މަޤާމުގެގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާއަދާކުރަންޖެހޭތަން:

މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް

ޑިޕާޓްމަންޓް/ސެކްޝަން:

ބިއުރޯ

މަސައްކަތުގަޑި:

ހެނދުނު 08:00 ން މެންދުރު 16:00 އަށް (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

މުސާރަ:

މަހަކު 25،000 ރުފިޔާ

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  • މިނިސްޓްރީން ތައްޔާރު ކުރަންޖެހޭ ޕޮލިސީތައް ތައްޔާރުކޮށް މިނިސްޓްރީގެ މެންޑޭޓްގައިވާ ކަންތައްތައް ހާޞިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

  • މިނިސްޓްރީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)  އެކުލަވާލުމުގެ މަސައްކަތްތައް ކުރުމާއި ސެޕް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ރާވައި ހިންގުން.  އަދި  ސެޕް ތަންފީޒުކުރުމުގެ ގޮތުން އިދާރީގޮތުން ބަލަހައްޓަންޖެހޭ ކަންކަން ބެލެހެއްޓުމާއި، ނަތީޖާ ނެރެވޭ މިންވަރު ވަޒަންކުރުމާއި ރިވިއު ރިޕޯޓް ތައްޔާރުކުރުން. 

  • މިނިސްޓްރީގެ އޮޕަރޭޝަނަލް ޕްލޭން އެކުލަވާލައި އެހެނިހެން ސެކްޝަންތަކާ ގުޅިގެން ޕްލޭން ތަންފީޒުވާ މިންވަރު މޮނިޓަރކުރުން. 

  • ބޭރުގެ އެހީއާއިބެހޭ ކަންތައްތައް ކޯޑިނޭޓްކޮށް (ބައިލެޓަރަލް/މަލްޓިލެޓަރަލް ޕްރޮޖެކްޓްސް) މިނިސްޓްރީގެ ފަރާތުން ބައިވެރިވާ އެކިއެކި ބައިނަލްއަޤްވާމީ ފަހުމުނާމާތަކުގެ ދަށުން ހިންގަން ޖެހޭ މަސައްކަތްތައް ކުރުން.

  • މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ ޕްލޭންތަކާއި ގުޅޭގޮތުން ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

  • މިނިސްޓްރީގެ އޮނިގަނޑަށް އަންނަ ބަދަލަކާއި ގުޅިގެން އެމަސައްކަތްތައް ހަލުއިކޮށް ހިންގުމަށް ބޭނުންވާ ސްޓޭންޑެޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ސްޕަވައިޒަރގެ ލަފާގެ މަތިން އެކުލަވާލުމުގައި އެހީތެރިވެދިނުން. އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ހިންގާ މަޝްރޫޢު އަދި ޕްރޮގުރާމްތައް އިވެލުއޭޓްކޮށް ބެލެހެއްޓުމާއި މޮނީޓަރ ކުރުން.

  • މިނިސްޓްރީން ކުރަން ހަމަޖައްސާފައިވާ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ހުރި ދަތިތައް ބަލައި އެކަންކަން ރަނގަޅުކުރުމަށް ޢިލްމާއި، ހުނަރު އަދި ޤާބިލްކަން ބޭނުންކޮށްގެން މަސައްކަތް ކުރުމާއި، ޓީމް އެކުލެވޭގޮތަށް މަސައްކަތް ކުރެވޭނެ މާހައުލު ބިނާކުރުމާއި ކުރު އަދި ދުރު ރާސްތާގައި މިނިސްޓްރީން އެކުލަވާލާފައިވާ ޕްލޭންތަކާއި، ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭގޮތަށް ލަފާދިނުމާއި ކުރަންޖެހޭ މަސައްކަތް ކުރުން.

  • މިނިސްޓްރީގެ މައިގަނޑު މަސައްކަތްތަކާ ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލާ ތަރައްޤީކުރުމާއި އެކަމާ ގުޅިގެން ބަލަންޖެހޭ ހުރިހާ ބެލުންތައް ބަލައި މަސައްކަތްކުރާ ފަރާތްތަކަށް އެހިއްޞާކުރުން.

  • ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުމާއި، އަދި އެކަންކަން ކުރިއަށް ދާގޮތް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުން

  • ޕްރޮގްރާމް ޑިޕާޓްމަންޓްތަކުން ހިންގާނެ ޕްރޮގްރާމްތައް ދެނެގަނެ އެންމެ ބޭނުންވާ ދިމާތައް ރިސާޗްކޮށް، ލިސްޓް ހަދާ އެލިސްޓް މެއިންޓައިންކުރުމާއި ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން އެކަންކަން ކުރުން.

  • މިނިސްޓްރީގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އެކްޝަން ޕްލޭންގައިވާ ކަންތައްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ސްޕަވައިޒަރަށް އަޕްޑޭޓް ދުވަހުން ދުވަހަށް ދިނުން.

  • މިނިސްޓްރީގެ މެންޑޭޓްގައިވާ މަސައްކަތްތައް ހާސިލް ކުރުމަށް މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.

  • މިނިސްޓްރީން ބާއްވާ ޕްރޮގްރާމް ވޯރކްޝޮޕްފަދަ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވުން.

  • މަސައްކަތުގެ އަޕްޑޭޓް ބެލެހެއްޓޭގޮތަށް ދުވަހު ރިޕޯޓް ތައްޔާރުކުރުން.

  • މީގެ އިތުރުންވެސް މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

މަޤާމުގެޝަރުޠުތައް:

1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ކޮންސަލްޓެންސީގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ކޮންސަލްޓެންސީގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭލިޔުންތައް: 

1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތްނަމަ އެކަން މި ސިޓީގައި ހިމަނަންވާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް ލިޔުންތައް ހުންނަންވާނީ ތިރީގައިވާ މިންގަނޑަށް ފެތޭ ގޮތަށެވެ.

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް

  • ތަޢުލީމާއި ތަމްރީނު %30

  • މަސައްކަތުގެ ތަޖުރިބާ. %30

  • އިންޓަވިއު. %50

  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

  • ޕޮލިސީ ހެދުމާއި މެނޭޖްކުރުމުގެ ދާއިރާގައި ތަޖުރިބާ ހުރުން.

  • އޮފީހުގެ އެސް.އޯ.ޕީ އެކުލަވާލުމުގަ ތަޖުރިބާ ހުރުން.

  • ޕްރޮޖެކްޓްސްތައް ރާވާ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފަ ހުރުން.

  • ސަރުކާރުގެ މެނިފެސްޓޯ އެނގި ، އޮޅުން ފިލާފައިވުން.

  • ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.

  • ތަޢުލީމީ ސެޓްފިކެޓް.

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

  • ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.

  • ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ދަތުރު ކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02ޖުލައި2024ވާއަންގާރަދުވަހު13:00 ގެ ކުރިން، އީމެއިލް recruitment@youth.gov.mv މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:ސިޓީއާއެކުހުރިހާޑޮކިއުމަންޓެއްއެއްފައިލްއަކަށްޕީ.ޑީ.އެފްކުރުމަށްފަހު،ފައިލުގައިއެޕްލިކޭޝަންހުށައަޅާފަރާތުގެނަމާއިއިއުލާންނަންބަރުޖެހުމަށްދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 ޖުލައި2024އާއި31 ޖުލައި2024އާއި ދެމެދުމިނިސްޓްރީއޮފްޔޫތު،އެމްޕަވަމަންޓްއިންފޮމޭޝަންއެންޑްއާޓްސް(ސޯޝަލްސެންޓަރ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެ ތިބުން  ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރުމަޢުލޫމާތުހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރާނީ recruitment@youth.gov.mv އަށެވެ.

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް