އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ (ޝިފްޓް ޑިއުޓީ)

މަޤާމް:

އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ (ޝިފްޓް ޑިއުޓީ)

އިއުލާނުނަންބަރު:

(IUL)493-HR/493/2025/195

މަޤާމުގެނަންބަރު:

J-408247

ބޭނުންވާއަދަދު:

01 (އެކެއް)

މަޤާމުގެގިންތި:

ދާއިމީ

މަޤާމުގެރޭންކް:

ޖީ.އެސް. 4

މަޤާމުގެކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާއަދާކުރަންޖެހޭތަން:

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް / މާލެ

ސެކްޝަން/ޔުނިޓް:

ޔޫތު ތަރޑް ސްޕޭސް ޔުނިޓް

މުސާރަ:

މަހަކު 5,020.00 ރުފިޔާ

ސަރވިސްއެލެވަންސް:

މަހަކު 1,500.00 ރުފިޔާ

އެހެނިހެންއެލަވަންސް

  • ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ

  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

  • ޝިފްޓް ޑިއުޓީ އެލަވަންސް (ހެނދުނު 06:00 އިން ރޭގަނޑު 12:00 އަށް ދުވާލަކަށް 25.00 ރުފިޔާގެ ރޭޓޫން.).

މަސައްކަތްކުރަންޖެހޭވަގުތު:

  • ދަންފަޅި އުޞޫލުން ދުވާލަކު 8 ގަޑިއިރު.

  • ދަންފަޅި 1: 07:30 އިން 15:30 އަށް.

  • ދަންފަޅި 2: 15:30 އިން 23:30 އަށް.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  • ޔޫތު ތަރޑް ސްޕޭސްގައި ކުރަންޖެހޭ އެންމެހައި މެއިންޓެނަންސް މަސައްކަތްތައް ވެރިން އަންގާ ގޮތެއްގެ މަތިން ކުރުން.

  • ޔޫތު ތަރޑް ސްޕޭސްގެ ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި، ކަރަންޓާގުޅޭ އެއްޗެއް ބަދަލުކުރަންޖެހޭނަމަ ސްޕަވައިޒަރުގެ ލަފާގެ މަތިން އެ އެއްޗެއް ބަދަލުކޮށް މައްސަލަ ހައްލު ކުރުން.

  • ޔޫތު ތަރޑް ސްޕޭސްގައި ހުންނަ ބޮކި، ހޮޅިބުރި، ސްވިޗް، ފަންކާ، އިމަޖަންސީ ލައިޓް ފަދަ ތަކެތި އެނދުމުން ނުވަތަ ހަލާކުވުމުން އެފަދަ  ތަކެތި ބަދަލުކުރުން.

  • ޔޫތު ތަރޑް ސްޕޭސްގެ ފާޚާނާތަކާއި، ފަރުނީޗަރުތަކަށް ލިބޭ ގެއްލުންތައް ބަލާ، ބޭނުންކުރެވޭ ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް، ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން.

  • ޔޫތު ތަރޑް ސްޕޭސްގެ އެއަރކޯންތައް ސަރވިސްކުރުމުގެ މަސައްކަތްތައްކުރުން.

  • ޔޫތު ތަރޑް ސްޕޭސްގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.

  • ޔޫތު ތަރޑް ސްޕޭސްގެ މެއިންޓެނަންސްއާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި، ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން. 

  • ކޮންޓްރެކްޓް މަސައްކަތަށް ޙަވާލުކުރެވިފައިވާ، ޔޫތު ތަރޑް ސްޕޭސްގެ މެއިންޓެނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި، މަސައްކަތް ކުރިގޮތުގެ ރިޕޯޓް ފުރިހަމަކުރުން. 

  • ޔޫތު ތަރޑް ސްޕޭސްގައި ޕްރޮގްރާމްތައް ހިންގާ ވަގުތުތަކުގައި ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

  • ޔޫތު ތަރޑް ސްޕޭސްއިން އުކާލަންޖެހޭ ކުނި އުކާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

  • ޔޫތު ތަރޑް ސްޕޭސްގައި ޞިއްޙީ ގޮތުން ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކަމާ ގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުން.

  • މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.

  • މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާ ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކުރުން.

  • ދިވެހިރާއްޖޭގެ ޤާނޫނާއި، ސިވިލްސަރވިސް ޤަވައިދާ ޚިލާފު ނުވާ މަސައްކަތްތައް އޮފީހުގެ އިސްވެރިން އަންގަވައިފި ހިނދެއްގައި ކުރުން.

މަޤާމުގެޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

ކޯޑިސިޕްލިން

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

ޕްރިފަރޑްޑިސިޕްލަން

  • ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

ހުށަހަޅަންޖެހޭލިޔުންތައް:

 

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ.

  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

  • މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025އޮކްޓޫބަރު 26 ވާއާދިއްތަދުވަހުގެ 12:00 ގެ ކުރިން އީމެއިލް recruitment@youth.gov.mv މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:އެޕްލިކޭޝަންފޯމާއެކުހުރިހާޑޮކިއުމަންޓެއްއެއްފައިލަކަށްޕީ.ޑީ.އެފްކުރުމަށްފަހު،ފައިލުގައިއެޕްލިކޭޝަންހުށައަޅާފަރާތުގެނަމާއިއިއުލާންނަންބަރުޖެހުމަށްދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިމްތިހާންއަދިއިންޓަވިއުއޮންނާނެތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 2025އޮކްޓޫބަރު 29 އާއި،2025ނޮވެންބަރު 26 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ، މަޖީދީމަގު) ގައެވެ.

"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށް  ޕޮއިންޓްލިބުނުގޮތުގެޝީޓް(A2   ފޯމު)"އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އަދި މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީގެ އީ-މެއިލް recruitment@youth.gov.mv މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

އިތުރުމަޢުލޫމާތުހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000490 އަށެވެ. އީ-މެއިލް ކުރާނީ recruitment@youth.gov.mvއަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް