ޕްރޮގްރާމް އޮފިސަރ
މަޤާމް:
ޕްރޮގްރާމް އޮފިސަރ
އިއުލާނުނަންބަރު:
(IUL)493-HR/493/2025/123
މަޤާމުގެނަންބަރު:
J-401958
ބޭނުންވާއަދަދު:
01 (އެކެއް)
މަޤާމުގެގިންތި:
ދާއިމީ
މަޤާމުގެރޭންކް:
އެމް.އެސް.1
މަޤާމުގެކްލެސިފިކޭޝަން:
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ވަޒީފާއަދާކުރަންޖެހޭތަން:
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް / މާލެ،
ޑިޕާޓްމަންޓް/ސެކްޝަން:
ކޮމިޔުނިޓީ އެމްޕަވަރމަންޓް އެންޑް އެން.ޖީ.އޯ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓް / ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން
ޔުނިޓް:
ޕްރޮގްރާމް އެންޑް ޕްރޮޖެކްޓްސް ޔުނިޓް
މުސާރަ:
މަހަކު 5,610.00 ރުފިޔާ
ސަރވިސްއެލެވަންސް:
މަހަކު 2,000.00 ރުފިޔާ
އެހެނިހެންއެލަވަންސް
ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:
ކޮންމެ އަހަރަކު މަދަނީ ޖަމްޢިއްޔާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑް ޙަފްލާ ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
މަދަނީ ޖަމްޢިއްޔާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑް ކޮމިޓީގެ އިދާރީ މަސައްކަތްތައް ރާވާ ހިންގުން.
މަދަނީ ޖަމްޢިއްޔާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށްއެދި ހުށަހެޅުމަށް ފޮނުވަން ޖެހޭ އިޢުލާން ފޮނުވުމާއި، ފޯމްތައް ބަލައިގަނެ އަދި އެވޯޑު ކޮމިޓީއަށް ފޮނުވުން.
މަދަނީ ޖަމްޢިއްޔާތަކަށް ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ފޯރަމްތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން.
މަދަނީ ޖަމްޢިއްޔާތަކަށް ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ފޯރަމްތަކުގައި ބައިވެރިވުމަށް ޖަމްޢިއްޔާ ތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
އެންޖީއޯ އެޓޯލް ކޮންފަރެންސްތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި މިކަމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ޔުނިޓުން ފޮނުވަންޖެހޭ ސިޓީ، މެމޯފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
ޖަމްޢިއްޔާތަކުން އިސްނަގައިގެން ހުށަހަޅާ އެކިއެކި ޕްރޮޕޯސަލްތައް ބަލައިގަތުމާއި، ހަމަޖެހިފައިވާ އުސޫލުގެމަތިން އެޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން މިނިސްޓްރީގެ މޭންޑޭޓްގައި ހިމެނޭ ކަންކަމަށް ވެދެވެންއޮތް އެހީތެރިކަން ފޯރުކޮށްދިނުން.
ދުވަހުން ދުވަހަށް ޔުނިޓުގެ ޔައުމިއްޔާ ލިޔުމާއި އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ކަނޑައަޅާފައިވާ ވަގުތަށް ފޮނުވުން.
މިނިސްޓްރީން ބާއްވާ އިވެންޓް ހަރާކާތްތަކުގައި ބައިވެރިވުމާއި އެހީތެރިވުން.
މިނިސްޓްރީން ގްރާންޓްގެ ގޮތުގައި މަދަނީ ޖަމްޢިއްޔާ ތަކަށް ދޫކުރާ ގްރާންޓް ޕްރޮގްރާމްގެ އިދާރީ މަސައްކަތް ވިލަރެސް ކުރުން.
އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރއަށް ލަފާދޭ ކޮމެޓީގެ އިދާރީ މަސައްކަތްތައް ވިލަރެސް ކުރުން.
މަދަނީ ޖަމްއިއްޔާތަކަށް ހިންގާ ޕްރޮފެޝަނަލް ރައިޓިންގ ވޯރކްޝޮޕްތަކުގެ އިދާރީ މަސައްކަތްތައް ކުރުން.
މަދަނީ ޖަމްއިއްޔާތަކަށް ހިންގާ ކޮމިއުނިޓީ އެވެއަރނެސް ޕްރޮގުރާމްތަކުގެ އިދާރީ މަސައްކަތް ކުރުން.
މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލްކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތް ކުރުން.
މަޤާމުގެޝަރުޠުތައް:
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
ޔޫތް ވޯރކް
ކޯޑިސިޕްލިން:
ޔޫތް ވޯރކް
ޕްރިފަރޑްޑިސިޕްލިންގ:
މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިންގ ކަނޑައެޅިފައިނުވެއެވެ.
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ޔޫތް ވޯރކް
ހުށަހަޅަންޖެހޭލިޔުންތައް:
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް
ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށްއެދެންވީގޮތާއިސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި16 ވާބުދަދުވަހުގެ 14:00 ގެ ކުރިން އީމެއިލް recruitment@youth.gov.mv މެދުވެރިކޮށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް:އެޕްލިކޭޝަންފޯމާއެކުހުރިހާޑޮކިއުމަންޓެއްއެއްފައިލަކަށްޕީ.ޑީ.އެފްކުރުމަށްފަހު،ފައިލުގައިއެޕްލިކޭޝަންހުށައަޅާފަރާތުގެނަމާއިއިއުލާންނަންބަރުޖެހުމަށްދަންނަވަމެވެ.
ޝޯޓްލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިމްތިހާންއަދިއިންޓަވިއުއޮންނާނެތަނާއި،މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 2025ޖުލައި22އާއި2025އޮގަސްޓު31 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ، މަޖީދީމަގު) ގައެވެ.
"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެޝީޓް(A2 ފޯމު)"އާންމުކުރުން.
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އަދި މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީގެ އީ-މެއިލް recruitment@youth.gov.mv މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
އިތުރުމަޢުލޫމާތުހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000490 އަށެވެ. އީ-މެއިލް ކުރާނީ recruitment@youth.gov.mvއަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
ގުޅުންހުރި ފައިލްތައް
ޑައުނލޯޑު ފައިލް އެއް ނެތް