އާ އަހަރުފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024" ގެ ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ޙަރަކާތް ފަސްކުރުމާއިގުޅޭ
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024" ގެ ނަމުގައި 31 ޑިސެމްބަރު 2023 ގައި މި މިނިސްޓްރީއިން ވަނީ ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމަށް ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުންގެ ޝައުޤުވެރިކަން އޮތްނަމަވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަޙައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައެވެ.
އެހެންކަމުން ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024" ގެ 31 ޑިސެމްބަރުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތް ފަސްކުރެވުނު ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީޚެއް މި މިނިސްޓްރީއިން ކަނޑައެޅުމަށްފަހު އަންގާނެ ވާހަކަ ދަންނަވަމެވެ.
ގުޅުންހުރި ފައިލްތައް
ޑައުނލޯޑު ފައިލް އެއް ނެތް
އިތުރު ނޫސްބަޔާން
