ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރު ހިންގެވުމުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު އަލަށް އުފެއްދެވި ވުޒާރާތަކުގެ ތެރޭގައި ހިމެނޭ އެއް ވުޒާރާއަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް އެވެ.

މިއީ މީގެކުރިން އެހެން ތިން ވުޒާރާއެއްކަމަށްވާ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުގައި އޮތް ޔޫތު، ކޮމިއުނިޓީ އެމްޕަވަރމެންޓް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ދަށުގައި އޮތް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް، ނެޝަނަލް ލައިބްރަރީ، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން، ނެޝަނަލް އަރކައިވްސް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މެންޑޭޓްގެ ދަށުގައި އޮތް ނޫސް މީޑިއާ ރަޖިސްޓްރީކުރުމުގެ ބައި އެއް ވުޒާރާއެއްގެ ދަށަށް ގެނެސް، އުފެއްދެވި އައު ވުޒާރާއެކެވެ.

މިގެނެވުނު ބަދަލާއެކު މިދެންނެވި ވުޒާރާތަކުގެ ދަށުގައި ހުރި މި ވުޒާރާގެ ދަށަށް އަންނާންޖެހޭ މުވައްޒަފުންނާއި ތަކެތި ބަދަލުކުރުމުގެ މަސައްކަތްކޮށްފައިވަނީ އިސްވެދެންނެވުނު ވުޒާރާތަކުން އިސްވެ ތިބެއެވެ.

މިގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް މުވައްޒަފުންނާއި ތަކެތި މި ވުޒާރާއަށް ބަދަލުކުރެއްވީ އެވުޒާރާގެ ޒިންމާދާރު ވެރިޔާގެ ބެލުމުގެދަށުން އެވުޒާރާގެ މުވައްޒަފުންނެވެ. މިއިން އެއްވެސް މަރުހަލާއެއްގައި، ވުޒާރާއަކުން ތަކެތި ގެނައުމާއި ހަވާލުވުމުގައި މިވުޒާރާގެ އެއްވެސް ސިޔާސީ މުވައްޒަފެއް ބައިވެރިވެފައެއްނުވާނެއެވެ.

ނަމަވެސް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް ތަކެތި، ދެ ވުޒާރާ ބަދަލުވުމުގައި ގެއްލިފައިވާކަމަށް މިވުޒާރާގެ ސަމާލުކަމަށް އައި ހިސާބުން މިކަން ހިނގިގޮތް ބެލުމަށް އިންޓަރނަލް އިންވެސްޓިގޭޝަނެއް މިހާރު ވަނީ ފަށާފައެވެ

ގުޅުންހުރި ފައިލްތައް

ޑައުނލޯޑު ފައިލް އެއް ނެތް

އިތުރު ނޫސްބަޔާން

ނޭޝަނަލް ސެޓްފިކެޓް 3 ން އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސްގެ ބައިވެރިންގެ ދަސްވެނިވުމުގެ ހަފްލާ ބޭއްވުން

އާ އަހަރުފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024" ގެ ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ޙަރަކާތް ފަސްކުރުމާއިގުޅޭ

ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުން