ޕްރޮގްރާމްތަކުގައި މައުލޫމާތާއި ތަމްރީނުތައް ދޭނެ ފެސިލިޓޭޓަރުން ހޯދަނީ

ޔޫތު މިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މައުލޫމާތާއި ތަމްރީނުތައް ދޭނެ ފެސިލިޓޭޓަރުން ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

27 އަށް ވުރެ ގިނަ ދާއިރާއިން ފެސިލިޓޭޓަރުން ހޯދަން އިއުލާންކޮށްފައިވާއިރު އޭގެ ތެރޭގައި ވިޔަފާރިއާއި އިގްތިސާދު، ހެލްތު، ލައިފް ސްކިލް، ޑިޖިޓަލް ސްކިލް، ސައިބަރ ސެކިއުރިޓީ، ފައިނޭންޝަލް ލިޓްރެސީ، ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ، ސީ.ވީ ލިޔަން ދަސްކޮށްދިނުން، އިންޓަވިއުއަށް ތައްޔާރުކޮށްދިނުމުގެ އިތުރުން ކެރިއަރ ޕްލޭނިން، ލީޑަރޝިޕް ސްކިލްސް އަދި ވޮލަންޓިއަރިޒަމް މޯޓިވޭޝަން ހިމެނެއެވެ.

މީގެ އިތުރުން ވާރކް އެތިކްސް، ކަސްޓަމަރ ސަރވިސް، ކެރިއަރ ގައިޑެންސް، ސައިން ލެންގުއޭޖް، ސައިކޮލޮޖިކަލް ފަރސްޓް އެއިޑް، ލައިފް ސްކިލް ޓްރެއިނާސް، ޕިއާ އެޑިއުކޭޓާސް، ހެލްތު ޕްރޮފެޝަނަލްސް، ޑައިވިން އަދި ސްނޯކްލިންގް ސްކިލްސް، ޕްރޮޖެކްޓް ފައިނެންޝިއަލް މެނޭޖްމަންޓް، ބިޒްނަސް ސްޓްރެޓަޖީ އެންޑް އެންޓްރަޕްރިނާޝިޕް، ޕްރޮޖެކްޓް ޕްރޮޕޯސަލް ރައިޓިން ގުޑް ގަވާނަންސް އަދި ސިވިކް އެޑިއުކޭޝަން ހިމެނެއެވެ.

ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ އާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ އަދި މަސައްކަތު ތަޖުރިބާގެ ލިޔުންތައް ހުށަހަޅަންޖެހެއެވެ.

ސެޝަންތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިނިސްޓްރީން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

އުޖޫރަ އަދި ޝަރުތު؛

- -/500 ރުފިޔާ-

ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވުން

- -/450 ރުފިޔާ

ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

- -/350 ރުފިޔާ

ގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

- -/250 ރުފިޔާ

ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއިއެކު 3 އަހަރު ދުވަހުގެ ތަޢުލީމީ ތަޖުރިބާ ލިބިފައިވުން

(އިތުރު މައުލޫމާތު ހޯދުމަށް 4000567 ގުޅުއްވާ ނުވަތަ info.yd@youth.gov.mv މެއިލް ކުރައްވާ)