މީޑިއާ ކައުންސިލަށް މެމްބަރުން އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ 10 ގޮނޑިއަށް މެންބަރުން ހޮވައިފިއެވެ.

ސޯޝަލް ސެންޓަރުގައި އިއްޔެ ބޭއްވި މި އިންތިހާބުގައި ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރިއިރު މި އިންތިހާބުގައި 139 މީޑީއާއަކުން ވަނީ ވޯޓުލާފައެވެ.

މީޑިއާ ކައުންސިލަށް މީޑިއާތަކުން އިންތިހާބުކުރި ފަރާތްތަކަކީ:

  • ފާތިމަތު ޝަނާ (މިހާރު އޮންލައިން)

  • ނަޖާހް މަސްއޫދު (ވަގުތު އޮންލައިން)

  • ހަސަން ޝާކިރު (އާފަތިސް)

  • ހަފްސީ އަބްދުﷲ (ހަފްސީ ޑޮޓްކޮމް)

  • ހުސެއިން ހަސަން (ހަތާވީސް އޮންލައިން)

  • ހުސެއިން ސަގީފް (ތިލަދުން އޮންލައިން)

  • ނަހުދާ ފާއިޒް (ދިޔަރެސް)

އާންމުންގެ ތެރެއިން އިންތިހާބުވި މެމްބަރުންނަކީ އިބްރާހިމް ފައުޒީ އާއި ފާތިމަތު ފަހުމީ އަދި އިބްރާހިމް މުހައްމަދު އެވެ.

މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. ކައުންސިލުގެ މެމްބަރުކަން ޖެހިޖެހިގެން ދެ އަހަރު ވަންދެން އެއް މެމްބަރަކަށް ނުކުރެވޭނެއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންނާ އެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބެނީ އެކަމަށްޓަކައި ރަޖިސްޓްރީ ކުރާ މީޑިއާ ތަކަށެވެ.