މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލަށް 10 މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި، ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ވޯޓުލުމަށް ރަޖިސްޓްރޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ، އޮކްޓޯބަރު 17 -23  ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:30 އަށް ޔޫތު މިނިސްޓްރީ (ސޯޝަލް ސެންޓަރ) އިންނެވެ.

މީގެއިތުރުން، މި މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލަވާލާފައިވަނީ 10 މެންބަރުންގެ މައްޗަށެވެ. އެއީ އާންމު 3 މެންބަރުންނާއި މީޑިއާތަކުން 7 މެންބަރުންނެވެ.

މީޑިއާ ކައުންސިލަކީ ބްރޯޑްކާސްޓަރުން ފިޔަވައި ރާއްޖޭގައި ހިމެނޭ އެހެން ބާވަތްތަކުގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތެވެ.