އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445: އެންމެ މޮޅު ޑްރާމާއަކަށް "މަނާލް"

އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445ގެ އެންމެ މޮޅު ޑްރާމާއަކަށް "މަނާލް" ހޮވިއްޖެއެވެ.

މި ޑްރާމާއަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ތައްޔާރުކުރި ޑްރާމާއެކެވެ.

މި ޑްރާމާއަށް ޖުމްލަ 8 އެވޯޑެއް ލިބިފައިވާއިރު، އޭގެ ތެރޭގައި އެންމެ މޮޅު އެކްޓަރ (އަންހެން)، އެންމެ މޮޅު ސަޕޯޓިން އެކްޓަރ (އަންހެން)، އެންމެ މޮޅު ޑިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު ސިނަމެޓޮގްރާފަރ، އެންމެ މޮޅު އެޑިޓަރ، އެންމެ މޮޅު ޑްރާމާ އަދި އެންމެ މޮޅު އެކްޓަރ އަންހެން ( ވިއުވާސް ޗޮއިސް) ހިމެނެއެވެ.

ދެވަނައަށް އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ކަރެކްޝަނަލް ސާވިސް އިން ތައްޔާރުކުރި "ކުރެހުން"އަށެވެ. އެ ޑްރާމާއަށް ތިން އެވޯޑެއް ވަނީ ލިބިފައެވެ.

އެވޯޑު ލިބުން ފަރާތްތައް:

-  އެންމެ މޮޅު އެކްޓަރ (އަންހެން): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)

-  އެންމެ މޮޅު އެކްޓަރ (ފިރިހެން): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

-  އެންމެ މޮޅު ސަޕޯޓިން އެކްޓަރ (އަންހެން): އާއިދާ ހައްމަދު (މަނާލް/ އެމްއެންޔޫ)

-  އެންމެ މޮޅު ސަޕޯޓިން އެކްޓަރ (ފިރިހެން): މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

-  އެންމެ މޮޅު ޑިރެކްޓަރ: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)

-  އެންމެ މޮޅު ސްކްރީންޕްލޭ: މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ)

-  އެންމެ މޮޅު ސިނަމެޓޮގްރާފަރ: (މަނާލް/ އެމްއެންޔޫ)

-  އެންމެ މޮޅު އެޑިޓަރ: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)

-  އެންމެ މޮޅު ޑްރާމާ (ވިއުވާސް ޗޮއިސް): ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން)

-  އެންމެ މޮޅު އެކްޓަރ އަންހެން ( ވިއުވާސް ޗޮއިސް): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)

-  އެންމެ މޮޅު އެކްޓަރ ފިރިހެން (ވިއުވާސް ޗޮއިސް): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

-  އެންމެ މޮޅު ޑްރާމާ: މަނާލް/ އެމްއެންޔޫ