"ޕިޗް ރައިޓިންގ" މުބާރާތެއް ބާއްވަނީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްއިން "ޕިޗް ރައިޓިންގ" މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

"ޕިޗް ރައިޓިންގ" މުބާރާތަކީ ޒުވާނުންގެ ދުވަހާއި ގުޅިގެން އދ. ކަނޑައަޅާފައިވާ ޝިއާރު " ފްރޮމް ކްލިކްސް ޓު ޕްރޮގްރެސް: ޔޫތު ޑިޖިޓަލް ޕާތްވޭސް ފޯ ސަސްޓޭނަބަލް ޑިވަލޮޕްމަންޓް" އާ ގުޅޭގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު 3 ޕިޗް ހުށަހަޅާ ފަރާތްތައް ހޮވާ އެފަރާތްތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކުން 31 އޮގަސްޓް 2024 ވާ ހޮނިހިރު ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް info@youth.gov.mvއަށް މެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.

ބައިނަލް އަގްވާމީ ޒުވާނުންގެ ދުވަހަކީ 12 އޮގަސްޓް 2024 އެވެ.