ޔޫތު މިނިސްޓްރީއިން ހިންގާ "ތައްޔާރުވަމާ" މިމަހު 20 ވަނަ ދުވަހު ބާއްވަނީ

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން އިންތިޒާމްކޮށްގެން ހިންގާ ވޯކްޝޮޕް "ތައްޔާރުވަމާ" މިމަހު 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން 20 ޖުލައި 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 އިން 16:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށްޓަކައި، މިނިސްޓްރީއިން ޢާންމުކޮށްފައިވާ ކިޔުއާރް ކޯޑު ސްކޭން ކުރުމުން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.

"ތައްޔާރުވަމާ" ސިލްސިލާގެ މިއަހަރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުމުގައި 24 ޒުވާނުން ވަނީ ބައިވެރިވެފައެވެ.