މީދޫގައި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯހެއް ފަށައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ދ. މީދޫގައި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯހެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ޖުމްލަ 46 ޒުވާނުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމަކީ 4 މަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

މި ޕްރޮގުރާމަކީ ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ހިންގި ޕްރޮގުރާމެކެވެ.

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.