ސަމިޓް އޮފް ދަ ފިއުޗާ ޔޫތު އެކްޝަން ޑޭޒްގައި ބައިވެރިވުމުގެ ފުރުސަތު ހުލުވާލައިފި
އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ ފިއުޗަރ ޔޫތު އެކްޝަން ޑޭގެ ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު 10 ޒުވާނުންނަށް ހުޅުވާލައިފިއެވެ.
އުމުރުން 18-30 އަހަރާ ދެމެދުގެ 10 ޒުވާނުންނަށް މިސަމިޓްގެ ހުރިހާ ހަރަދެއް އ.ދ.އިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތަކީ ތަފާތު ސްޓޭކްހޯލްޑަރުން އެއްތަނަކަށް ގެނެސް، ރަނގަޅު މުސްތަގުބަލަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މަގްސަދުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ސެޕްޓެމްބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު ނިއުޔޯކްގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ބާއްވާ ސަމިޓް އޮފް ދަ ފިއުޗަރ ޔޫތު އެކްޝަން ޑޭޒްގެ މަޤްޞަދަކީ ސަރުކާރުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ވިޔަފާރިތަކާއި، ޒުވާނުންނާއި އަދި އެނޫންވެސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. މީގެއިތުރުން، މުހިންމު ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކާއިއެކު، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ސަމިޓަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރުންވެސް ހިމެނެއެވެ.
މި ޔޫތު އެކްޝަން ޑޭއަކީ ޒުވާން ލީޑަރުންގެ ދިރިއުޅުމަށާއި، މުސްތަގުބަލަށާއި، އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު ކަންކަމުގައި އަޑު އުފުލުމަށްލިބޭ ފުރުސަތެކެވެ.
ބައިވެރިން ހޮވާނީ އ.ދ.ގެ ޔޫތު އޮފީހާއި، ޒުވާނުންގެ ޖަމިއްޔާތަކާއި، ކުރީގެ އެޑްވޮކަސީ ގްރޫޕްތައް ތަމްސީލުކުރާ ކޮމިޓީއަކުންނެވެ.
ބައިވެރިވުމަށް:
އެޕްލިކޭޝަން ގައިޑްލައިން: https://docs.google.com/document/d/1-5ejwSic5NQMvJkWQrdkVFdsxfDxPG38/edit
އެޕްލިކޭޝަން ފޯމް: https://docs.google.com/forms/d/e/1FAIpQLSf4Yw5fzUnh--SzH9g8RtLqLN3doIDAE6VKroh7IuGktNssUg/viewform
މި ސަމިޓުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.