ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް އާންމުކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއިންނެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

·         ތަހުގީގު ނޫސްވެރިކަމުގެ ދާއިރާ

·         އިޖުތިމާޢީ ދާއިރާ

·         ސިޔާސީ ދާއިރާ

·         ޝަރުޢީ އަދި ޤާނޫނީ ދާއިރާ

·         ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ

·         ކުޅިވަރުގެ ދާއިރާ

·         ފޮޓޯ ޖާނަލިޒަމްގެ ދާއިރާ

·         ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ

·         ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ

·         ފީޗަރ ރިޕޯޓުގެ ދާއިރާ

·         ތާރީހާއި ސަގާފަތުގެ ދާއިރާ

·         މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ

·         ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ

·         އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ

·         އުންމީދީ ނޫސްވެރިޔާގެ އިނާމު

·         އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު

·         އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު

·         އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިމަހު 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، އިނާމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުމަށް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.