"ހެޕިނަސް ލައުންޖް" އިން ޒުވާނުންނަށް ހިލޭ ކައުންސިލިންގ ހޯދުމުގެ ފުރުސަތު!

"ހެޕިނަސް ލައުންޖް" އިން ޒުވާނުންނަށް ހާއްސަކޮށްގެންދޭ ހިލޭ ކައުންސިލިންގ ހިދުމަތަކީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދިރިއުޅުމުގައި ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ މަގުސަދުގައި ފަށާފައިވާ ހިދުމަތެކެވެ.
މި ހިދުމަތްތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ޔޫތު ހަބްގައެވެ.
ހެޕިނަސް ލައުންޖުން ދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
ވަކިވަކި ފަރުދުންނަށް ދެވޭ ކައުންސިލިންގ
ގްރޫޕް ތެރަޕީ
ދިރިއުޅުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވުމުގެ ސެޝަންތައް
އާއިލީ ތެރަޕީ އަދި ހޭލުންތެރިކުރުވުމުގެ ސެޝަންތައް
ހެޕިނަސް ލައުންޖުން ކައުންސިލިންގގެ ހިދުމަތް ހޯދުމަށް އެދޭ ޒުވާނުންނަށް، އެ ތަނަށް ހާޒިރުވެގެން އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، 4000505 ނަންބަރަށް ގުޅައިގެންވެސް އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.