ވަޒީފާއަށް އަހުލުވެރިވުމަށްޓަކައި ކުރިއަށްގެންދާ "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް މިމަހު 11ގައި!

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން "ސްކިލްއަޕް ޔޫތު"(ކުރިން "ތައްޔާރުވަމާ" ގެ ނަމުގައި ހިންގުނު)ވޯކްޝޮޕް މިމަހު 11ގައި ބާއްވަން ނިންމައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 11ވަނަ ދުވަހުގެ ހެނދުނު 08:30 އިން 17:30އަށެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބުގައެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ 14:00ގެ ކުރިން ކިޔު.އާރު. ކޯޑު ސްކޭންކޮށްގެން ބައިވެރިވެވޭނެއެވެ.