"ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" ފަށައިގެން ކުރިއަށް!

ޔޫތު މިނިސްޓްރީ އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް މި ރަމަޟާން މަހު ބާއްވާ "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" ފަށައިގެން ކުރިއަށް އެބަދެއެވެ.

ޔޫތު ހަބުގައި ރޭ މި ފެސްޓިވަލް ފަށާފައިވާއިރު މިރޭ މި ފެސްޓިވަލް ނިމިގެންދާނެއެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ ރޭގަނޑު 21:30 އިން 00:00 އަށެވެ.

މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބާއްވާއިރު މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނެއެވެ.

ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް 3000 ރުފިޔާ ލިބިގެންދާއިރު ތިންވަނައަށް އަންނަ 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.