"ބެލެނިވެރިންގެ ސައްލާ" މާރޗް 5ގައި!

"ބެލެނިވެރިންގެ ސައްލާ"ގެ ނަމުގައި ހާއްސަ ސެޝަނެއްމި އަންނަ މަހު 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ސެޝަންގައި ހަރުދަނާ ގުޅުން ބަދަހިކުރުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދޭނެއެވެ.

މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ރޭ 21:30 އިން 23:30އަށް ޔޫތު ހަބުގައެވެ.

"ބެލެނިވެރިންގެ ސައްލާ"އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.

މިސެޝަންގައި ބައިވެރިވުމަށް ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖު ކޮށްލާށެވެ.