"ޔޫތު ހެކަތޯން 2025" މިމަހު 11ގައި

މިނިސްޓްރީ އޮފް ޔޫތު އެންޕަވާމަންޓް އިންފޮމޭޝަން އެންޑް އާރްޓްސް އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޔޫތު ހެކަތޯން 2025 ބާއްވަން ތައްޔާރުވެއްޖެއެވެ.

މިހެކްތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 11 އިން 13 އަށް މާލޭގެ ޔޫތު ހަބްގައެވެ.

މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ހުރިހާ ޒުވާނުންނަށެވެ. ބައިވެރިންނަށް ފޯމް (https://t.co/rcxuuChZur) މެދުވެރިކޮށް ނުވަތަ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓަރީ ކުރެވޭނެއެވެ.

މި ހެކަތޯންއަށް ހަތަރު މުހިންމު ތީމެއް ކަނޑައަޅާފައިވެއެވެ. އެ ތީމްތަކަކީ:

  • ޕްލޭ،މޫވް،ލިވް:  ކުޅިވަރާއި، ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމާއި، ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް އަމާޒުކޮށް.

  • ބެލެންސް،ކަނެކްޓް،ތްރައިވް: ނަފްސާނީ ދުޅަހެޔޮކަމާއި، މުޖުތަމަޢީ ގުޅުންތަކާއި، ނަފްސާނީ ހިފެހެއްޓުންތެރިކަމަށް އަމާޒުކޮށް.

  • ލޯންޗް،އާން،ތްރައިވް: ޒުވާނުންގެ ވިޔަފާރިތަކާއި، ގިގް އިކޮނޮމީގެ ފުރުސަތުތަކަށް އަމާޒުކޮށް.

  • އިމޭޖިން،އެކްސްޕްރެސް،އިންސްޕަޔަރ: ފަންނާއި، ސަގާފަތާއި، ޑިޖިޓަލް އީޖާދީ ގާބިލިއްޔަތުތަކަށް އަމާޒުކޮށް.

މި ހެކަތޯންއިން އެއްވަނަ އަށް ހޮވޭ ޓީމަށް 100،000 ދިވެހި ރުފިޔާ، ދެވަނަ ހޮވޭ ޓީމަށް 75،000 ދިވެހި ރުފިޔާ، އަދި ތިންވަނަ ހޮވޭ ޓީމަށް 50،000 ދިވެހި ރުފިޔާ ލިބޭނެއެވެ.