"ސަޅި ފެސްޓް 2025" މާދަމާ ފަށާނެ!

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ "ސަޅި ފެސްޓް 2025" މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލްއެކެވެ.

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 27، 28، 29 ގައި ޔޫތު ހަބް، ލިލީ މަގުގައެވެ.

ސަޅި ފެސްޓްގައި، ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ވޯކްޝޮޕްތައް ކުރިއަށްދާނެއެވެ. އަދި ލައިވް ޝޯތައް ވެސް މި ފެސްޓިވަލްގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ފެސްޓިވަލުގައި ބައިވެރިންނަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރެވޭނެއެވެ.

މިއީ ޒުވާނުން އެއްތަންވެ، މަޖާކޮށް، އާ ކަންތައްތައް ދަސްކޮށް، އަދި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ސަޅި ފެސްޓަށް ވެންޑަރުންގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރުލިމިޓެޑް ސްލޮޓްތަކެއް ކަނޑައަޅާފައިވާތީ، ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދެމެވެ.

އެޕްލިކޭޝަން ފޯމް: https://forms.gle/dLXXrVUC81zm8fHe8