"ތައްޔާރުވަމާ" ވޯކްޝޮޕް އަންނަ މަހު 6ގައި!

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން "ތައްޔާރުވަމާ" ވޯކްޝޮޕް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 6 ވަނަ ދުވަހުގެ ހެނދުނު 09:30 އިން 17:30އަށެވެ.
ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބުގައެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 4 ވަނަ ދުވަހުގެ ކުރިން ކިޔު.އާރު. ކޯޑު ސްކޭންކޮށްގެން ބައިވެރިވެވޭނެއެވެ.