ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް: އެމްޕީއެލްއާ ގުޅިގެން 5 ކޯހެއް ފަށައިގެން ކުރިއަށް

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން އެމްޕީއެލްއާ ގުޅިގެން 5 ކޯހެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ޕްރޮގުރާމުތަކުގައި ޖުމްލަ 20 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ބައިވެރިން ތަމްރީނުކުރާ ދާއިރާތައް:

- ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެނަންސް

- ނޭޝަނަލް ސެޓްފިކެޓް 3 އިން ހެވީ ވެހިކަލް އޮޕްރޭޝަންސް

- ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން

- ނޭޝަނަލް ސެޓްފިކެޓް 3 އިން ފަރްނީޗަރ ކާޕެންޓަރީ

- ނޭޝަނަލް ސެޓްފިކެޓް 3 އިން ވެލްޑިން ޓެކްނިކްސް

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.