ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަނަށް ބާކީ 10 ދުވަސް!

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަނަށް ބާކީ 10 ދުވަހަށް ވެއްޖެއެވެ.

މި އެގްޒެބިޝަން ބޭއްވުމަށް ނިންމާފައިވަނީ މިމަހު 26 ވަނަ ދުވަހުން 30 ވަނަ ދުވަހަށެވެ. މި އާޓް އެގްޒިބިޝަންގެ ނަމަކީ "ލެބިރިންތް"އެވެ.

މި އެގްޒެބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ނެޝަނަލް އާޓް ގެލެރީގައެވެ.

މިދިޔަ އަހަރުވެސް ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ވަނީ "ޝޭޑްސް އޮފް މައިންޑް"ގެ ނަމުގައި އާޓް އެގްޒިބިޝަންއެއް ބާއްވާފައެވެ.

ޖުމްލަ 51 ޒުވާނުން މި އާޓް އެގްޒެބިޝަންގައި ބައިވެރިވިއިރު މި އެގްޒިބިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ކެޓްލޮގް ވަނީ ހަވާލުކޮށްފައެވެ.

ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.