އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބުދަ ދުވަހު ބާއްވައިފި

އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބުދަ ދުވަހު ބާއްވައިފިއެވެ.

މި ސެޝަންގައި އިސްރަށްވެހިންނަށް މައުލޫމާތު ދީފައިވަނީ “އިހުރިތާމްކުރުމާއި އިހުތިރާމް ލިބިގަތުމުގެ މުހިންމުކަން" މި މައުޞޫއަށެވެ.

މި ސެޝަން ކުރިއަށް ގެންދިޔައީ ބުދަ ދުވަހުގެ ހަވީރު 16:00 އިން 17:30 އަށެވެ.

މި ސެޝަންގައި 52 އިސްރަށްވެހިން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ އިތުރުން މިދިޔަ އަހަރު ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންތަކުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި، އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި، މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.