ޤައުމީ ޒުވާނުންގެ ސާވޭ އެކުލަވާލުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީއާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީން ފަހުމުނާމާއެއް ސޮއިކޮށްފި

ޒުވާނުންގެ ޝުއޫރުތަކާއި ބޭނުންތައް އެކުލަވާލުމުގެ ގޮތުން ޤައުމީ ޒުވާނުންގެ ސާވޭ އެކުލަވާލުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީއާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ ފަހުމުނާމާއެއް ސޮއިކޮށްފިއެވެ.

މި ފަހުމުނާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ނައިބޔ ރައީސް ނަޒާހާ ނަޒީމްއެވެ. އަދި ދިވެހިރާއްޖޭގެ އަސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ސޮއިކުރެއްވީ ސެންޓަރ ފޯ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން، ޑރ. އާމިނަތު ޝާފިޔާއެވެ.

މިއަދު ސޮއިކޮށްފައިވާ މި ފަހުމުގެ ދަށުން ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރި އުޅޭ ޒުވާނުންގެ ބަހާއި ޒުވާނުންނަށް އަސަރުކުރާ ހުރިހާ ދާއިރާތަކުން އެއްކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް  ޒުވާނުންގެ ދިރާސާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ.

މި ދިރާސާގެ މަސައްކަތަށް 1-2 މަސްދުވަސް ނަގާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ދިވެހި ރާއްޖޭގެ ޒުވާނުންގެ ބޭނުންތަކާއި ތަޖުރިބާތައް ދެނެގަނެ، ޒުވާނުންގެ މަސްލަހަތު ކުރިއަރުވާ ޤައުމީ ސިޔާސަތެއް އެކުލެވާލެވި، ރައިސުލް ޖުމުހުރިއްޔާގެ އަރިހަށް އެރުވުމަށް ވަނީ ނިންމާފައިވެއެވެ.

މީގެއިތުރުން، މި ފަހުމުނާގެ ދަށުން ޒުވާނުންގެ މަޝްވަރާއާއި ބައިވެރިވުން ހުރިހާ ދާއިރާތަކުން ހިމެނޭގޮތަށް އެކުލެވިގެންވާ ޤައުމީ ޒުވާނުންގެ ކޮންފަރެންސެއްވެސް ބޭއްވޭނެއެވެ.