އެންޖީއޯ ގައުމީ ފޯރަމް މިމަހު ފަހުކޮޅުގައި!

މި ފޯރަމް ކުރިއަށްދާނީ އޮގަސްޓު މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ.

މި ފޯރަމް ކުރިއަށްދާނީ މާލެ ސިޓީ، ވިލިމާލެ، އަދި ހުޅުމާލޭގެ އެކްޓިވް މަދަނީ ޖަމްއިއްޔާތަކަށެވެ.

އެންޖީއޯ ގައުމީ ފޯރަމްގެ މަގްސަދު ތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެއެވެ.

މިއީ މަދަނީ ޖަމްއިއްޔާތަކުގެ ގައިމީ ފޯރަމްއެއް ބާއްވާ ދެވަނަ ފަހަރެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ރަޖިސްޓަރަރ އަލީ ޝަކީލް ވިދާޅުވިގޮތުގައި މިފަދަ ފޯރަމްއެއްގެ ތެރެއިން ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކެއް އެއްތަނަކަށް އެއްވެ އެޖަމްއިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ހިއްސާކޮށް، އެއް ޖަމްއިއްޔާ އަނެއް ޖަމްއިއްޔާއާއެކު ގުޅިގެން ދެވޭނެ މާހައުލެއް ގާއިމްވެގެންދާނެ ކަމަށެވެ.

މަދަނީ ޖަމްއިއްޔާތަކުގެ ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ވަރަށް މުހިންމު އެއް ވައުދެއް ކަން ޝަކީލް ފާހަގަކުރެއްވިއެވެ.