"ހުވަދޫ ޔޫތު ކޭމްޕް"އަށް ތައްޔާރުތަ؟

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބާއްވާ "ހުވަދޫ ޔޫތު ކޭމްޕް" މިމަހު ބޭއްވުމަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ.
މި ކޭމްޕު ކުރިޔަށްދާނީ މި މަހުގެ 16 އިން 19 ވަނަ ދުވަހު، ގއ. ވިލިންގިލީގައެވެ.
މި ކޭމްޕުގައި އުމުރުން 18 އަހަރާއި 35ގެ ޒުވާނުންނަށް ބައިވެރިވެވޭނެއެވެ.
މިނިސްޓްރީން ވަނީ ޖޫން މަހުގެ ތެރޭގައި ވެސް ޔޫތު ކޭމްޕެއް ބާއްވާފައެވެ. އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ ކުޑަގިރީގައެވެ. އެ ކޭމްޕުގައި ޖުމްލަ 65 ޒުވާނުން ބައިވެރިވެފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.
ކޭމްޕުގެ ބައިވެރިންނަށް ޓީމް ބިލްޑިންއާއި، ސެލްފް ޑިފެންސް އަދި ދިރިއުޅުމުގައި ބޭނުން ހިފޭނެ ތަފާތު ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.
ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.