ބުރާސްފަތި ދުވަހު ބޭއްވި އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަން!

އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.
މި ސެޝަންގައި އިސްރަށްވެހިންނަށް މައުލޫމާތު ދީފައިވަނީ ހިޔާލުތަފާތުވުންތައް ހައްލުކުރުމާއި ގުޅޭގޮތުންނެވެ.
މި ސެޝަން ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އިން 17:30އަށެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީގައެވެ.
މި އަހަރުގެ އިތުރުން މިދިޔަ އަހަރު ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަންތަކުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.
މި ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.