އެންޖީއޯ ގައުމީ ފޯރަމްގައި ބައިވެރިވާން ބާކީ 2 ދުވަސް!

މަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމްގައި ބައިވެރިވާން ބާކީ ދެ ދުވަހަށް ވެއްޖެއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މާލެ ސިޓީ، ވިލިމާލެ، އަދި ހުޅުމާލޭގެ އެކްޓިވް މަދަނީ ޖަމްއިއްޔާތަކަށެވެ.

މި ފޯރަމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހު 31 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިންނެވެ.

މި ފޯރަމް ކުރިއަށްދާނީ އޮގަސްޓު މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ.

އެންޖީއޯ ގައުމީ ފޯރަމްގެ މަގްސަދު ތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެއެވެ.

މި ފޯރަމްގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.