އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ!

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިޔާލުތަފާތުވުންތައް ހައްލުކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 އިން 17:30އަށެވެ.
މި ސެޝަން ކުރިއަށް ގެންދާނީ އިސްރަށްވެހިންގެ ނާދީގައެވެ.
މި އަހަރުގެ އިތުރުން މިދިޔަ އަހަރު ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަންތަކުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.
މި ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.