ޔޫތު ކޭމްޕް މިފަހަރު ހުވަދޫގައި!

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބާއްވާ ޔޫތު ކޭމްޕު މިފަހަރު ހުވަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ކޭމްޕު ކުރިޔަށްދާނީ އޮގަސްޓު މަހުގެ  16 އިން 19 ވަނަ ދުވަހު، ގއ. ވިލިންގިލީގައެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރްކޯޑް ބޭނުންކޮށްގެން ރަޖިސްޓްރީކުރެވޭނެއެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ އޮގަސްޓު 1 ވަނަ ދުވަހުގެ 12:00އެވެ.

މި ކޭމްޕުގައި އުމުރުން 18 އަހަރާއި 35ގެ ޒުވާނުންނަށް ބައިވެރިވެވޭނެއެވެ.

މިނިސްޓްރީން ވަނީ ޖޫން މަހުގެ ތެރޭގައި ވެސް ޔޫތު ކޭމްޕެއް ބާއްވާފައެވެ. އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ ކުޑަގިރީގައެވެ.

މި ކޭމްޕުގައި ޖުމްލަ 65 ޒުވާނުން ބައިވެރިވެފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

ކޭމްޕުގެ ބައިވެރިންނަށް ޓީމް ބިލްޑިންއާއި، ސެލްފް ޑިފެންސް އަދި ދިރިއުޅުމުގައި ބޭނުން ހިފޭނެ ތަފާތު ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.

ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.