"ބެލެނިވެރިންގެ ހޮޅުއަށި" ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން " ބެލެނިވެރިންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.
ޖުމްލަ 39 ބަލެނިވެރިން ބައިވެރިވެފައިވާއިރު މި ސެޝަންގައި "ޑިޖިޓަލް ޕޭރެންޓިން" ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 16:00އިން 18:00 އަށް ވިލިމާލެ މުހިއްޔުއްދީން ސްކޫލުގައެވެ.
"ބެލެނިވެރިންގެ ހޮޅުއަށި"އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.