ޔޫތު ވެލްނެސް ލައުންޖުން ހެލްތު ސްކްރީނިން ސެޝަނެއް ބާއްވައިފި

ޔޫތު ވެލްނެސް ލައުންޖުން ސޯޝަލް ސެންޓަރުގައި ހާއްސަ ހެލްތު ސްކްރީނިން ސެޝަނެއް ބާއްވައިފިއެވެ.
މި ސްކްރީނިންގައި ބީ.އެމް.އައި, ހަކުރުގެ މިންވަރު، ލޭގެ ޕްރެޝަރުގެ އިތުރުންވެސް އެހެނިހެން ސިއްހީ މުހިންމު މިންގަނޑުތައް ބަލާފައިވެއެވެ.
މިފަދަ އިތުރު ހެލްތު ސްކްރީނިން ސެޝަނެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އެ ލައުންޖުން ވަނީ ބުނެފައެވެ.
"ޔޫތު ވެލްނެސް ލައުންޖް" އަކީ ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފެށި ހިދުމަތެކެވެ.
މި ހިދުމަތް ކޮންމެ އާދިއްތަ ދުވަހަކު ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުން ލިބިގެންދާނެއެވެ.
މި ޚިދުމަތުގެ ދަށުން ވަކިވަކި ފަރުދުންނަށް ސިއްހީ ސްކްރީނިން އާއި، އަމިއްލަ ކޮންސަލްޓޭޝަން އަދި ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ހިމެނެއެވެ.
ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ހިދުމަތް ދޭ ގަޑިތަކުގައި ސޯޝަލް ސެންޓަރަށް ޒިޔާރަތްކޮށްގެން ހިދުމަތް ލިބިގަނެވޭނެއެވެ.
މިއީ ޒުވާނުންގެ ހެލްތު ކެފޭގެ އާ ބްރޭންޑިން އެކެވެ. މިހާރު މިތަން ވަނީ އިތުރަށް ޒަމާނީ ކުރެވި، އަދި ކުރިއަށްވުރެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.