"ޒުވާނުންގެ ބަދިގެ" ނަމުގައި ކައްކާ ޕްރޮގުރާމެއް ފަށަނީ

"ޒުވާނުންގެ ބަދިގެ"ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ކައްކާ ޕްރޮގުރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

 

މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް މި ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ދާއިރާގެ އިލްމީ އަދި ތަޖުރިބާހުރި ބޭފުޅުންގެ ފަންނީ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ހިއްސާކުރުމެވެ.

ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގައެވެ.

މި ޕްރޮގްރާމް ކުރިޔަށްދާނީ 4 އެޕިސޯޑަކަށް ބަހާލައިގެން ތަފާތު 4 ވައްތަރުގެ ކެއުން ތައްޔާރު ކޮށްގެންނެވެ.

އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވާ ދުވަސްތައް:

· އެޕިސޯޑު 1 : 27 މާރޗް 2024

· އެޕިސޯޑު 2 : 30 މާރޗް 2024

· އެޕިސޯޑު 3 : 3 އެޕްރީލް 2024

· އެޕިސޯޑު 4 : 10 އެޕްރީލް 2024

މި ޕްރޮގުރާމު ދެއްކުމަށް ހަމަޖެހިފައިވަނީ އަސްލު ޓީވީ އިންނެވެ. މި ޕްރޮގްރާމް ކުރިޔަށްގެންދާނީ ތަޖުރިބާކާރު ޒުވާން ޝެފެއް ކަމަށްވާ މުމީތު އާއެކުގައެވެ.