ލައިފް ސްކިލްސް ސެޝަނެއް ބާއްވަނީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ލައިފް ސްކިލްސް ސެޝަނެއް މިމަހު ބާއްވަން ނިންމައިފިއެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 15، 16 އަދި 17 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 15:00އަށެވެ.
މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްރަށްވެހިންގެ ދާނީ، ފޭސް 2ގައެވެ.
އުމުރުން 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް މި ސެޝަންގައި ބައިވެރިވެވޭނެއެވެ.
މި ސެޝަންތަކުގެ ތެރެއިން ބައިވެރިންނަށް ޓީމް ބިލްޑިންއައި ލައިފް ސްކިލް އާ ގުޅުންހުރި ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަންގައި ބައިވެރިވުމަށް 7925704އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.