އޫރީދޫއާ ގުޅިގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި އޫރީދޫ މޯލްޑިވްސްއާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވައިފިއެވެ.
އިއްޔެ އޫރިދޫގައި ބޭއްވި މި ޕްރޮގްރާމުގައި ބައިވެރިންނަށް އުރީދޫގެ އެކިއެކި ޑިޕާރޓްމަންޓްތަކަށް ޒިޔާރާތްކޮށް އެތަންތަނުން ކުރާ މަސައްކަތް ބައިވެރިންނަށް ދައްކާ އަދި ތަފާތު ދާއިރާތަކުގެ ޓެކްނިކަލް ބޭފުޅުންގެ ފަރާތުން އެދާއިރާތަކާއި ބެހޭ މައުލޫމާތު ބައިވެރިންނަށް ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން އޫރިދޫގެ ޑާޓާ ސެންޓަރަށް ޒިޔާރާތް ކުރުމާއި، ކަސްޓަމަރ ކެއަރ، އަދި ކޯލް ސެންޓަރ އަށް ޒިޔާރާތް ކުރުމުގެ ފުރުސަތު ލިބިގެންދިއައެވެ. އަދި މީގެ އިތުރުން އޫރީދޫގެ ސީ. ސީ. އޯ ޙުސައިން ނިޔާޒުގެ ޖާރނީ އެންޑް ލީޑަރޝިޕް ކުދިންނާ ހިއްސާ ކުރެވިގެންދިއައެވެ. އަދިވެސް އެކިއެކި ޓެކްނިކަލް ބޭފުޅުން އެބޭފުޅުންގެ ޖާރނީ ކުރިއަށް ދިޔަގޮތް ބައިވެރިންނާ ކޮށްފައިވެއެވެ.
"ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ" ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޓޫރިޒަމް، ޓްރާންސްޕޯޓް، ކޮންސްޓްރަކްޝަން، ސޯޝަލް ސެކްޓަރ ފަދަ ސެކްޓަރތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދީ ވަޒީފާގެ މާޙައުލާއި މެދު ހޭލުންތެރިކުރުމުގެ މަގްސަދުގައި ކުންފުނި/ މުއައްސަސާތަކާއި އަދި ރިސޯޓްތަކާއި ގުޅިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.
މީގެ އިތުރުން މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުން ތަފާތު ދާއިރާތަކުގެ ފަންނާނުންނާއި ބައްދަލުވެ މައުލޫމާތު ޙިއްސާ ކުރެވޭ ގޮތަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.