"ބެލެނިވެރިންގެ ހޮޅުއަށި" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން " ބެލެނިވެރިންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަންގައި ގުޅުންތައް ދެނެގަތުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 21:30 އަށް ހުޅުމާލެ ފޭސް 2، ޓާވަ 8ގައެވެ.
"ބެލެނިވެރިންގެ ހޮޅުއަށި"އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.