މީޑިއާ ކައުންސިލަށް 3 މެމްބަރުން އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ 3 ގޮނޑިއަށް މެންބަރުން ހޮވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުގައި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮނޑިއަށް ހޮވުނީ ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމާއި އަދަދު ނޫހުން ވާދަ ކުރެއްވި ލީވާން އަލީ ނަސީރުއެވެ. އަދި އާންމު މެންބަރުގެ މަގާމަށް ހޮވިވަޑައިގަތީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ލ. ގަން، ތުނޑި ލިންކު، ހައްވާ ވަޖުދާއެވެ.

·         މުޒައްޔިން އިންތިހާބުވީ 50 ވޯޓުން

·         ލީވާން އިންތިހާބުވީ 48 ވޯޓުން

·         ވަޖުދާ އިންތިހާބުވީ 38 ވޯޓުން

މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. ކައުންސިލުގެ މެމްބަރުކަން ޖެހިޖެހިގެން ދެ އަހަރު ވަންދެން އެއް މެމްބަރަކަށް ނުކުރެވޭނެއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންނާ އެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބެނީ އެކަމަށްޓަކައި ރަޖިސްޓްރީ ކުރާ މީޑިއާ ތަކަށެވެ.