މީޑިއާ ކައުންސިލްގެ ބައިއިލެކްޝަން އޮބްޒާވްކުރުމަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައިއިލެކްޝަންގައި އޮބްޒަރވަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ 3 މެންބަރުންގެ ބަދަލުގައި 3 މެންބަރުން (އާންމު މެންބަރަކާއި މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރުން) އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރެއްގެ މަގާމާއި މީޑިއާތައް ތަމްސީލްކުރާ 2 މެންބަރުންގެ މަގާމާއެކު ޖުމްލަ 3 މެންބަރުންގެ މަގާމު ހުސްވެފައިވާތީ، މި 3 މަގާމަށް 3 މެންބަރުން އިންތިހާބުކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް މިމަހު 21 ވާ ހޮނިހިރު ދުވަހުގެ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00 – 11:00 އަށް ސޯޝަލް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައިވާ ޖިމްނޭޒިއަމް ރޫމް (ފިޓްނަސް ރޫމު) ގައެވެ.
މި އިންތިހާބުގެ ކަންކަން ކުރިޔަށްދާގޮތް ބެލުމަށްޓަކައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާއިރު އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ ކޮންމެ ކެންޑިޑޭޓެއް ނޫނީ އިދާރާއެއް ނުވަތަ ޖަމްއިއްޔާ ޖަމާއަތެއް ތަމްސީލް ކުރާ 1 ފަރާތަށެވެ.
އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ފޯމު، ފުރައި 19 ޖޫން 2025 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަން (ސޯޝަލް ސެންޓަރގެ ގްރައުންޑް ފްލޯ) އަށް ހުށަހެޅުން މިނިސްޓްރީން އެދެއެވެ.
މިމިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ.