އޫރީދޫއާ ގުޅިގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވަނީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި އޫރީދޫ މޯލްޑިވްސްއާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.

މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 24 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާއި، އެޕްރެންޓިސްޝިޕް ފުރުސަތުތަކާއި، އަދި ކުންފުނީގެ އޮނިގަނޑާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.