"މަންސާ" ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން  ކުރިއަށް ގެންދިޔަ "މަންސާ" ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީކޮށް، އަމިއްލަ އަގުތައް ވަރުގަދަކޮށް، އަދި އަމިއްލަ އަޑު އުފުލުމަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ މެއި މަހުގެ 28 އަދި 29 ވަނަ ދުވަހު، ސޯޝަލް ސެންޓަރުގައެވެ.

މި ޕްރޮގްރާމުގައި އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ވެސް ހަވާލުކޮށްފައެވެ.