“ޔޫތު ކޭމްޕު” ފަށައިގެން ކުރިއަށް!

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބާއްވާ ޔޫތު ކޭމްޕު ފަށައިފިއެވެ.
މި ކޭމްޕު މިފަހަރު ކުރިއަށް ގެންދަނީ ކުޑަގިރީގައެވެ.
އެެއް ދުވަހަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ޖުމްލަ 65 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ތަފާތު ގިނަ ގޭމްތަކެއް ބީޗުގައި ކުޅުމަށް ރާވާފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.
ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.