އެމްސީސީގެ ބައި އިލެކްޝަންގެ މީޑިއާތައް ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލާން މިއަދު ފަހު ދުވަސް!

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްސީސީ)ގެ ބައި އިލެކްޝަންގެ މީޑިއާތައް ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލާން މިއަދު މީ ފަހުދުވަހެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރެއްގެ މަގާމާއި މީޑިއާތައް ތަމްސީލްކުރާ 2 މެންބަރުންގެ މަގާމާއެކު ޖުމްލަ 3 މެންބަރުންގެ މަގާމު ހުސްވެފައިވާތީ، މި 3 މަގާމަށް 3 މެންބަރުން އިންތިހާބުކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް މީޑިއާ ތަކުން ކުރިމަތިލި 4 ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓެއްގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.

މި 3 މަގާމުގެ ތެރެއިން މީޑިއާތަކުން އިންތިހާބު ކުރަންޖެހޭ 2 މަގާމަށް 2 މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ، މި ތިން މަގާމަށް ވާދަކުރަން އެދޭ ފަރާތްތަކުން މިއަދުގެ 14:00 ގެ ކުރިން، މިމިނިސްޓްރީގެ ވެބްސައިޓްގައިވާ މީޑިއާ ކައުންސިލްގެ އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރައި، އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީގެ އީމެއިލް media@youth.gov.mv އަށް ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.