"މަންސާ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީކޮށް، އަމިއްލަ އަގުތައް ވަރުގަދަކޮށް، އަދި އަމިއްލަ އަޑު އުފުލުމަށް ބާރުއަޅާ "މަންސާ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.މި ޕްރޮގްރާމް ކުރިޔަށްދާނީ މެއި މަހުގެ 28 އަދި 29 ވަނަ ދުވަހު، ސޯޝަލް ސެންޓަރުގައެވެ.16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލައި ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.ޕްރޮގްރާމްގެ ބައިވެރިންނަށް ހިލޭ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.