"ޓޫ އޮފް އަސް"އާ ބައްދަލުކޮށް މިނިސްޓަރ އަސްވާޑު މަރުހަބާ ދަންނަވައިފި

އިންޑިއާގައި ބޭއްވި "ބެޓަލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުގައި ދެވަނަ ރަނަރަޕް ހޯދި ދިވެހި ބޭންޑް "ޓޫ އޮފް އަސް" އާ މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ބައްދަލުކޮށް މަރުހަބާ ދަންނަވައިފިއެވެ.މުންބާއީގައި ކުރިއަށްދިޔަ މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އެންމެ ޓެލެންޓެޑް ބޭންޑުތަކުގެ ތެރެއިން ދިވެހި ބޭންޑު "ޓޫ އޮފް އަސް" އަށް ލިބުނު ކާމިޔާބީއަށް މިނިސްޓަރ ފަހުރުވެރިވާ ކަމަށް ވިދާޅުވިއެވެ. "ބެޓަލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް" އަކީ ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާ މިއުޒިކް ޝޯޑައުން އެއްގެ ގޮތުގައި ބާއްވާ ރިއަލިޓީ ޝޯ އެކެވެ.
މި މުބާރާތުގައި "ޓޫ އޮފް އަސް" އަށް ލިބުނު ކާމިޔާބީއަކީ ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ބޭންޑުގައި ހިމެނެނީ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީގެ އިތުރުން އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.