"ބެލެނިވެރިންގެ ހޮޅުއަށި" މިރޭ!

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން " ބެލެނިވެރިންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ސެޝަނެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަންގައި ގޭމިންގެ ނުރައްކާތަކާއި، ސޯޝަލް މީޑިއާގެ ނުރައްކާތަކާއި، ސައިބާ ކްރައިމްތަކާއި، އަދި އެތައް ކަމަކާ ގުޅިގެން އޮންލައިންކޮށް ދަރިފުޅު ރައްކާތެރިކުރަން ދަސްކޮށްކޮށްދިނުމަށް ބެލެނިވެރިންނަށް މައުލޫމާތު ދޭނެއެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 އިން 22:30 އަށް ސޯޝަލް ސެންޓަރުގައެވެ.
"ބެލެނިވެރިންގެ ހޮޅުއަށި"އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.